ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.6 ކިލޯގެ މަސްތުވާތަކެތި މިމަހުގެ 23 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ.
އަދި މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަރ މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް ބަލައި ފާސްކުރިއިރު، އޭގެތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކު ކުރެވިގެން، ބަލާ ފާސްކުރުމުގެ ތެރޭގައިކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ކަސްޓަމްސްއިން ބުނީ، އަތުލައިގަތް ޝިޕްމަންޓުން ފެނިފައިވަނީ 3600 ގްރާމްގެ ކެނަބިސް ކަމަށެވެ.



