އިދިކޮޅު އެމްޑީޕީގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ރިޒާވްގައި ދެ ހަފްތާގެ އިމްޕޯޓަށް ބޭނުންވާ ފައިސާވެސް ނެތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
”އެކްސް“ މެދުވެރިކޮށް އަޒާން ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިންމާލިއިރު ދެ ހަފްތާގެ އިމްޕޯޓަށް ބޭނުންވާ ވަރަށްވެސް ފައިސާ ރިޒާވްގައި ނެތް ކަމަށާއި މި ޤައުމު އެއިރު އޮތީ ބަނގުރޫޓުވެފައި ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން މިވީ ހަ މަސްތެރޭ ކުރި މަސައްކަތުން ބަނގަރޫޓުވުމުގެ ބިރެއް މިހާރަކު ނެތް. އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭ ހެޔޮ ބަދަލު އަންނަ އަހަރު ފެނިގެންދާނެ“ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ވިދާޅުވިއެވެ.
އިދިކޮޅު އެމްޑީޕީއާއި ގުޅޭގޮތުން އަޒާން މިފަދައިން ރޭގައި ވިދާޅުވެފައިވާއިރު އެ ޕާޓީން އަންނަނީ މިމަހުގެ 10 ވާ އަންގާރަ ދުވަހުގެ ރޭ ”ޤާނޫނު އަސާސީގެ ދިފާޢުގައި“ ގެ ނަމުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.



