ގއ. ދާންދޫގެ މަގުމައްޗަށް ނިޔާވެގެން ވެއްޓުފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގއ. ދާންދޫ ފެނަކަ ބްރާންޗު ހުޅަނގު ފަރާތު މަގުމައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު މިއަދު ހެނދުނު 8:10 ހާއިރު ލިބިފައިވާ ކަމަށެވެ.
ވެއްޓިފައި އޮތް މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އެ މަރުކަޒާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
މިހާދިސާގައި ނިޔާވެފައިވަނީ އެރަށު ނަގަހެލާ އަހުމަދު އަބްދުﷲ (33އ.) އެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



