ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް ޤައުމީ ވިސްނުމެއްގައި އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހަޅާފައިވާ ބޭރު ފައިސާއާ ބެހޭ ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތާއި ބޭރު ފައިސާގެ ދަތިތަކަމަށް ބަލާއިރު ބޭރުފައިސާއާ ބެހޭ ޤާނޫނެއް އޮތުން ކޮންމެހެން މުހިންމު ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އެފަދަ ޤާނޫނުތައް ހެދިފައިވާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް ފައިދާ ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މެންބަރު ޝުޖާއު އިތުރަށް ވިދާޅުވީ ބޭރުގެ ފައިސާގެ މައްސަލައަށް ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކުންނާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ހުރިހާ ފަރާތްތައް އެކުގައި މަސައްކަތްކޮށްގެން ހައްލު ހޯދޭނެ ކަމަށެވެ.
”އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކު ހަނގުރާމަ ކުރުމުގެ ބަދަލުގައި މި ޤައުމު ޑީފޯލްޓް ވިޔަ ނުދީ ހިފެހެއްޓުމައްޓަކައި، އަދި މި ޤައުމަށް ވަންނަ ބޭރު ފައިސާ ހަމަޖެހޭ ގޮތެއްގައި އެއްފަހަރާ ނޫން ކަމުގައިވީނަމަވެސް އަޅުގަނޑުމެންނަށް އެހެން ޤައުމުތަކުން ލޯނު ދެއްކުމަށް ލޯނު އިތުރަށް ނުނަގައި ފަރުޖެއްސެން އެބައޮތޭ ޤައުމީ ވިސްނުމެއްގައި މިކަން ވިސްނައިގެން“ ބާރަށު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ބޭރު ފައިސާއާ ބެހޭ ބިލަށް ބިލަށް ބަހުސް މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތާއި ބޭރު ފައިސާގެ ދަތިތަކަމަށް ބަލާއިރު ބޭރުފައިސާއާ ބެހޭ ޤާނޫނަށް ކޮންމެހެން މުހިންމު ކަމަށެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އެފަދަ ޤާނޫނުތައް ހެދިފައިވާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް ފައިދާ ކުރާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.



