މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ތިން އިމާރާތެއްގެ 7 ގޭބިސީއަކުން 29 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
ހައުސިންގް މިނިސްޓްރީ ހުންނަ އިމާރާތުގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދު ގޭ ގެއިން މީހުން ނެރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ވަނީ ކޮށްފައެވެ. އަދި އެފަރާތްތަކަށްޓަކައި އެންޑީއެމްއޭ އިން ވަނީ ސޯޝަލް ސެންޓަރުގައި އެމަޖެންސީ އިވޭކުއޭޝަން ސެންޓަރެއް ވެސް ގާއިމު ކޮށްފައެވެ.
މީގެއިތުރުން އެއްވެސް އަލިފާނުގެ ސަބަބުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ 115 އަށް ގުޅާލުމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
އެ އޮތޯރިޓީން ބުނީ މި ހާދިސާއާއި ގުޅިގެން 50 މީހުން އެހީތެރިކަމަށް އެދި އެން.ޑީ.އެމް.އޭއަށް ގުޅާފައިވާ ކަމަށާއި މިފަރާތްތަކުގެ ރަޖިސްޓްރޭޝަން ވެސް ހެދިފައިވާ ކަމަށެވެ.
މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އެން.ޑީ.އެމް.އޭގެ ޓީމުތައް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމާ، އިވޭކުއޭޝަން ސެންޓަރު އަދި އީ.އޯ.ސީ ގައި ވަނީ ހަރަކާތްތެރިވެފައެވެ.
އެންޑީއެމްއޭ އިން ތިން އިމާރާތެއްގެ 7 ގޭބީސީއަކުން 29 މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެއީ 15 ފިރިހެނުންނާއި 14 އަންހެނުން ކަމަށް މައުލޫމާތު ދީފައިވެއެވެ. އޭގެ ތެރޭގައި ސިއްޚީ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތެއްވެސް ހިމެނެއެވެ. އެންޑީއެމްއޭ އިން ވަގުތީ ބޯދިހާވަހިކަން ފޯރުކޮށްދީފައިވަނީ މ.ލޯކަށިގެ، މ.ކުދިމާވިލާ އަދި މ.ލޫބިޔާ ގޭގައި ހިމެނޭ ރައްޔިތުންތަކަށެވެ.


