މާލޭ ބޮޑުތަކުރުފާނު މަގުން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ގޮސް، ވެލިބަރުކޮށްގެން ދިޔަ ލޮރީއެއްގެ ދަށުވެއްޖެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓު ހިނގާފައިވަނީ މިރޭ 9:00 ހާއިރެވެ.
ލޮރީ ދަށުވި މީހާއަށް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޮޑުތަކުފާނު މަގުން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން، ސައިކަލު ދުއްވަން އިން މީހާ އެމަގުން ދުއްވާފައިދިޔަ ލޮރީއެއްގެ ދަށުވެފައިވާ ކަމަށެވެ.




