މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި އެޑްމިޓު ކޮށްފައިތިބޭ ބަލީ މީހުންނަށް މި ރޯދަ މަހު ޒިޔާރަތްކުރާ ވަގުތު އިތުރުކޮށްފިއެވެ.
މިކަން އިއުލާނު ކުރައްވާ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެޑްމިޓު ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 ން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
އާންމުގޮތެއްގައި ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތަކީ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ.
މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލެވެ.


