ހަދަން ފަށައި މަސައްކަތް ހުއްޓިފައިވާ ގ. މައިނާގެ ގޯތިތެރެއަށް އިންވެގެން ހުރި ގެތަކުގެ މީހުން ކުނި އަޅައި ގޮނޑަކަށް ހަދާފައިވާ މައްސަލަ މާލެ ސިޓީ ކައުންސިލުގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލުން މިރޭ ”އެކްސް“ ގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންނަށް މާ ބޮޑު ބުރައެއް އުފުލަން ނުޖެހޭ ގޮތަށް މާލޭގެ ކުނި އުކުމުގެ މަސައްކަތް އިންތިޒާމުކޮށްފައި ވަނިކޮށް، މިފަދަ ”ނާތަހުޒީބު“ ޢަމަލުތައް ހިންގުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.
ކައުންސިލުން އިތުރަށް ބުނެފައިވަނީ މާލެ ސިޓީ ސާފުތާހިރު ތަނަކަށް ހެދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މާލޭގައި ހުސްކޮށް ހުންނަ ގޯތިތަކަށް ކުނި އެޅުމަކީ އާންމުކޮށް ދިމާވަމުންދާ މައްސަލައެކެވެ.
މިފަދަ ޢަމަލުތަކާ ގުޅިގެން ކައުންސިލުން ވަނީ އެގޮތަށް އެކަން ނުކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.



