މާލެއިން މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ނ. މަނަދޫ ރީޙުއްޞަބާ، ޢަބްދުﷲ ޝިހާދު، 37 އަހަރު ކަމަށެވެ.
2025 މާރިޗް 08 ވަނަ ދުވަހުގެ 16:51 އިން ފެށިގެން ޢަބްދުﷲ ޝިހާދުގެ ހަބަރެއް އާއިލާއަށް ނުވެގެން ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކޮށްފައި ވަނީ 2025 މާރިޗު 10 ވަނަ ދުވަހުގެ 20:05 އެހައި ކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ޢަބްދުﷲ ޝިހާދު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ފޯނަށްވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
ޢަބްދުﷲ ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.




