ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ފަސޭހަކޮށްދިނުމުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެ އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައިގައި 2025 މާރިޗް 11 ވަނަ ދުވަހުން ފެށިގެން 2025 މާރިޗް 30 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ތިރީގައިވާ ގަޑިތަކުގައި އޮންނާނެ ކަމަށެވެ.
އެ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ، ހެނދުނު 10:00 ން 14:30 އަށް، އަދި ރޭގަނޑު 21:30 ން 23:00 އަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.



