ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ދެވަނަ ލެގުގައި، 2-0 އަކުން ބަޔާން މޮޅުވިއިރު، ޕީއެސްޖީ ވަނީ ޕެނަލްޓީއިން ލިވަޕޫލް ބަލިކޮށްފައެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ފެށީ ފުރަތަމަ ލެގުގައި ޖެހި އެއް ލަނޑާއި އެއްކޮށެވެ. އެ ލެގުގައި ޕީއެސްޖީއަށް ލަނޑެއް ނުޖެހެއެވެ. މެޗު ފަށައިގެން ލިވަޕޫލްއަށް މޮޅު ކުޅުމެއް ދެއްކުނު ނަމަވެސް، މެޗުގެ 12 ވަނަ މިނިޓުގައި ޕީއެސްޖީއިން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރު ކޮށްފައެވެ. މިލަނޑު ޕީއެސްޖީއަށް ޖަހައިދިނީ އޮސްމާން ޑެމްބެލޭއެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ބާކީ ބަޔާއި އިތުރު ވަގުތުގެ ދެ ހާފުގައި ލަނޑެއް ނުޖެހި ޕެނަލްޓީއަށް ގޮސް ޕީއެސްޖީވަނީ މެޗު ކާމިޔާބު ކޮށްފައެވެ.
ބަޔާނުން ލެވަކޫސަން ބަލިކުރިއިރު، ލަނޑުތައް ޖެހީ، ދެ ވަނަ ހާފުގައި ހެރީ ކޭން އާއި އަލްފަންސޯ ޑޭވީސް އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އޭޕްރިލްގައެވެ.




