އިންޖަރީއިން އެނބުރި އައުމަށްފަހު ފަހުވަގުތު މެސީ ޖެހިލަނޑާއި އެކު، އިންޓަރ މިއާމީ ކޮންކަކާފް ޗެމްޕިއަންސް ކަޕްގެ ކުއާޓަރ ފައިނަލްއަށް ދަތުރުކޮށްފިއެވެ.
އިންޓަ މިއާމީ ކުއާޓާއަށް ދަތުރުކުރީ ރޭ ޖެމެއިކާގައި ކެވަލިއަރ އެފްސީ އާ ދެކޮޅަށް ކުޅުނު މެޗުން 2-0ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
ދެ ޓީމުންވެސް މޮޅުކުޅުމެއް ދެއްކި މި މެޗަށް މިއާމީ ނުކުތްއިރު ފުރަތަމަ ލެގުގައިވެސް އެޓީމު ވަނީ2-0ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ފެބްރުއަރީ 25 ވަނަ ދުވަހު ސްޕޯޓިންގ ކެންސަސް ސިޓީއާ ދެކޮޅަށް ކުޅުނު ފަހުން ފުރަތަމަ ފަހަރަށް ދަނޑަށް ނުކުތް މެސީ ވަނީ ދެވަނަ ހާފުގައި ސަބްސްޓިޓިއުޓެއްގެ ގޮތުގައި ނުކުމެ، ޓީމުގެ މޮޅުވުމަށް މުހިންމު ދައުރެއް އަދާކޮށް ލަނޑުޖަހައިދީފައެވެ.
މެސީގެ އިތުރުން މިއާމީ އަށް ދެން ލަނޑު ޖަހައިދިނީ އެ ޓީމުގެ ސްޓްރައިކާ ލުއިސް ސުއަރޭޒްއެވެ.
މެސީގެ އިންޖަރީގެ ސަބަބުން، މިއާމީގެ ތިން މެޗެއްގައި މެސީ ނާރުވައެވެ. މާ ބޮޑު އިންޖަރީ އަކަށް ނުވިނަމަވެސް، މެސީއަކީ މުހިއްމު ކުޅުންތެރިއެއް ކަމުން އިންޓަރ މިއާމީގެ ހެޑް ކޯޗް ޖަވިއަރ މަސްޗެރާނޯ ވަނީ އެ ތިން މެޗަށް މެސީއަށް އަރާމުކުރަން ފުރުސަތު ދީފައެވެ.
މިގޮތުން މެސީ އަރާމުކުރުމަށްފަހު ވަނީ މިއަދުގެ މެޗުގައި ރަނގަޅު ފޯމެއްގައި ކުޅެ، ލަނޑުޖަހައި ޓީމުގެ ކުއާޓަރ ގެންގޮސްދީފައެވެ.



