އިންޑިއަން ސިނަމާގެ ފާހަގަކޮށްލެވޭ އެކްޓަރ ވިދިޔާ ބަލާން، އޭނާގެ ކެރިއަރގެ އެންމެ ހިތްދަތި ތަޖުރިބާއެއްގެ ވާހަކަ ހާމަކޮށްފިއެވެ.
ގަލައްޓާ އިންޑިއާއާ ހިއްސާކުރި މަޢުލޫމާތުގައި، ތަމިލް ފިލްމެއްގައި މަސައްކަތްކުރަމުން ދަނިކޮށް ކުއްލިއަކަށް ކުރެވުނު ހިތި ތަޖުރިބާގެ ސަބަބުން 6 މަސް ދުވަހު ލޯގަނޑަކުން ނުބެލޭވަރުވި ކަމަށް ވިދިޔާ ބުންޏެވެ.
ވިދިޔާ ހާމަކުރި ގޮތުގައި، އޭރު އޭނާ މައިންބަފައިންނާއެކު ޗެންނައިއަށް ގޮސް، ފިލްމުގެ ޕްރޮޑިއުސަރާ ބައްދަލުކުރިއެވެ.
”އެމީހުން އޮފީހުގައި އިނދެ، ފުޓޭޖްދައްކާފައި ބުނީ ކޮންދިމާލަކުންހޭ މީނަ ފިލްމް ކުޅޭ މީހަކާ ވައްތަރީ. ހީރޯއިންއަށް އެކްޓްކުރަން ނޭނގޭ، ޑާންސްކުރަންވެސް ނޭނގޭ. ” ވިދިޔާ ބުންޏެވެ.
މި ހާދިސާއިން އޭނާއަށް ލިބުނު ނަފްސާނީ އަނިޔާގެ ސަބަބުން، 6 މަސް ދުވަހުގެ މުއްދަތަކަށް އަމިއްލަ ސިފަ ހަޑި ކަމަށް އިހުސާސްވެ، ލޯގަނޑަކުން ނުބެލޭވަރުވި ކަމަށް ވިދިޔާ ބުނެފައިވެއެވެ. އަދި މިއީ އޭނާގެ ދިރިއުޅުމުގައި ލިބުނު އެންމެ ބޮޑު ފިލާވަޅުތަކުގެ ތެރެއިން އެއް ފިލާވަޅު ކަމަށާއި، މީހުންނާމެދު އޯގާތެރިވާން ދަސްކޮށްދިން ތަޖުރިބާއެއް ކަމަށްވެސް ބުނެފައިވެއެވެ.
”ޕްރޮޖެކްޓެއްގައި މީހަކު ބަދަލުކުރުމުގެ ހައްޤާއި ބާރު ލިބިގެންވީނަމަވެސް، އަނެކާއަށް އިހްތިރާމްކޮށް ރީތި ބަހުންވާހަކަ ދައްކަން ޖެހޭނެ“ ވިދިޔާ ބުންޏެވެ.
ދަ ޑާޓީ ޕިކްޗަރ، ކަހާނީ އަދި އިޝްގިޔާ ފަދަ ކާމިޔާބު ފިލްމުތަކުގައި މައި ދައުރު އަދާކޮށްފައިވާ ވިދިޔާ، 17 އަހަރުގެ މެދުކެނޑުމަކަށްފަހު ބޫލް ބުލައިޔާ 3 އިން އަނބުރާ އައިސް، އޭނާގެ ކެރިއަރގެ އެންމެ ބޮޑު ކާމިޔާބީ ހޯދާފައިވެއެވެ.
މިވަގުތު ވިދިޔާ ދަނީ އައު ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ފިލްމްތަކުގެ ޕްރޮޑިއުސަރުންނާއި މަޝްވަރާކުރަމުންނެވެ.



