ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރާއްޖޭގެ ސެންޓްރަލް ރީޖަންގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ މެދު ނުކެނޑި ކުރަމުންނެވެ.
މިގޮތުން ނ. ހޮޅުދޫ، ޅ. ހިންނަވަރު އަދި އދ. މާމަގިލީގައި މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ދަނީ ކުރިއަށް ކަމަށް އާރްޑީސީއިން ބުނެފައިވެއެވެ.
އާރްޑީސީން ބުނީ ނ.ހޮޅުދޫގައި މިހާރު ކުރެވެމުންދަނީ މުޙައްމަދު ރާޝިދު ހިނގުމުގައި މަގުބައްތީގެ ފައުންޑޭޝަން އިންސްޓޯލްކުރުމުގެ މަސައްކަތާއި، ބޮޑުތަކުރުފާނު މަގުގައި ބެކް ފިލިންގެ މަސައްކަތް ކަމަށެވެ.
ޅ. ހިންނަވަރުގައި މިހާރު ކުރެވެމުންދަނީ ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތާއި ރަށްދެބައި މަގުގައި ދުވާރު އެއްވަރު ކުރުމުގެ މަސައްކަތް ކަމަށެވެ.
އަދި އދ. މާމިގިލީގައި ކުރިއަށްދަނީ ރޯޑް 09 ގައި ކޯނަރ ކާބްސްޓޯން ޖެހުމުގެ މަސައްކަތާއި، ކޭބަލް ޖަންކްޝަން ކަވަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކަމުގައި އާރްޑީސީން ބުންޏެވެ.
އަދި މީގެ އިތުރުން ނ. ވެލިދޫ އާއި މ. މުލަކާއި، އއ. ތޮއްޑޫ އާއި ދ. ކުޑަހުވަދޫގެ މަސައްކަތްތަށްވެސް ދަނީ ކުރިއަށް ކަމަށް އާރްޑީސީން ބުނެފައިވެއެވެ.


