މޯލްޑިވްސް އިމިގްރޭޝަނުން ފަހު 10 އެއްގައި ޕާސްޕޯޓް، ވިސާ، އެންފޯސްމަންޓް އަދި ސީޕޯޓުގެ ޚިދުމަތްތައް ދޭނެ ގަޑިތައް އާންމުކޮށްފިއެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ޚިދުމަތް އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ލިބެން ހުންނާނެއެވެ. މާލޭ އޮފީހުން 65 އަހަރުން މަތީގެ ފަރާތްތަކަށާއި ޚާއްސަ ހާލަތްތަކުގައި ހާޒިރުވެ ޕާސްޕޯޓަށް އެދެވޭނީ 09:15 އިން 13:00 އަށެވެ.
އަތޮޅުތެރޭގެ އޮފީސްތަކުން ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރުން 10:00 އިން 12:00 އަށް ކުރިއަށްދާނެއެވެ.
ފަހު 10 އެއްގައި ރަށްރަށުން ޚިދުމަތްދިނުމަށް ހަމަޖެހިފައިވާ ދުވަސްތައް:
ހއ. ދިއްދޫ – 24، 27 މާރިޗު
އައްޑޫ ސިޓީ – 23، 25، 27، 30 މާރިޗު
ލ. ފޮނަދޫ – 25، 27 މާރިޗު
ކުޅުދުއްފުށި ސިޓީ – 23، 25، 27، 30 މާރިޗު
ހއ. އިހަވަންދޫ – 27 މާރިޗު
ތިނަދޫ ސިޓީ – 25، 27، 30 މާރިޗު
ފުވައްމުލަކު ސިޓީ – 24، 25 މާރިޗު
ށ. ފުނަދޫ – 25 މާރިޗު
ރ. އުނގޫފާރު – 27 މާރިޗު
ދ. ކުޑަހުވަދޫ – 24 މާރިޗު
ވިސާގެ ޚިދުމަތްތަކަށް އެދި ހުށަހެޅުން އިމުގާ ޕޯޓަލް އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 9:00 އިން 17:00 އަށް ކުރިއަށްދާނެއެވެ.
ވޯކް ވިސާއަށް އެދި ޕާސްޕޯޓް ހުށަހެޅޭނީ 9:05 އިން 10:00 އަށެވެ. އެހެނިހެން ވިސާތަކަށް އެދި ޕާސްޕޯޓް ބަލައިގަތުމާއި ވިސާ ޖެހުން ކުރިއަށްދާނީ 9:05 އިން 12:00 އަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.
އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޜަންގެ ޚިދުމަތް ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި 9:00 އިން 13:00 އަށް ލިބޭނެއެވެ.
ސީޕޯޓުގެ ޚިދުމަތް އާންމު ދުވަސްތަކުގައި 8:00 އިން 17:00 އަށް އަދި 21:00 އިން 00:00 އަށް، އަދި ހުކުރު ދުވަހު 14:30 އިން 17:00 އަށް އަދި 21:30 އިން 00:00 އަށް ލިބޭނެއެވެ.



