ބުރިޖުން މާލެއަށް ފައިބާ ސަރަހައްދުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓު ވެއްޖެއެވެ.
ފުލުހުން މީޑިއާތަކައް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ބުރިޖުން މާލެއަށް ފައިބާ ސަރަހައްދުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓު ވި މައްސަލަ މިއަދު 10:21 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި ސައިކަލު ދުއްވި ދެމީހުންނަށް އަނިޔާވެގެން އައިޖީއެމްއެޗް ހޮސްޕިޓަލްއަށް ގެންގޮސްފައިވާ ކަމަށާއި، އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ދެ ސައިކަލުވެސް ދުއްވާފައި ވަނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



