ބޮޑު ޖަމާއަތުގައި މާލޭގައި އީދު ނަމާދުކުރަން 4 ސަރަހައްދެއް ހަމަޖައްސައިފިއެވެ.
އެގޮތުން، މާފަންނު ސްޓޭޑިއަމާއި ވިލިމާލޭ ބޯޅަދަނޑާއި ހުޅުމާލޭގެ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކްރިކެޓް ސްޓޭޑިއަމްގައި ބޮޑުޖަމާޢަތުގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ބޮޑު ޖަމާޢަތުގައި މާލެ ސަރަހައްދުގެ 4 ތަނެއްގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ނިންމާފައިވާއިރު ޖުމްލަ 27 ތަނެއްގައި ޢީދު ނަމާދު ކުރާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެޏެވެ.
މާލެ ސަރަހައްދުގައި ފިޠުރު ޢީދު ނަމާދު ކުރާނެ ތަންތަން:
* މާފަންނު ސްޓޭޑިއަމް
* މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
* މަސްޖިދުލްމަލިކި ސަލްމާން (ކިންގް ސަލްމާން މިސްކިތް)
* މަސްޖިދުލްފުރުޤާން
* މަސްޖިދުއްނޫރު
* މަސްޖިދުއް ޝަޙީދު ޢަލީ
* މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
* މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
* މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
* މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
* މަސްޖިދު ޞަލާޙުއްދީން
* މަސްޖިދު ޖަލާލުއްދީން
* މަސްޖިދު އިބްރާހީމް
* މަސްޖިދު އިސްކަންދަރު
* ވަގުތީ މިސްކިތް ( ބޮޑުގެ )
* މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
* މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
* މާފަންނު އާމިސްކިތް
* ވިލިމާލެ ބޮޑުޖަމާޢަތް ( ވިލިގިލި ބޯޅަދަނޑު)
* މަސްޖިދުއްސަލާމް
* ހުޅުމާލެ ސިންތަޓިކް ޓްރެކް
* މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
* މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
* މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
* ހުޅުމާލެ ބޮޑުޖަމާޢަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2)
* މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
* މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)
ރާއްޖޭގައި ޢީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30ގައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފިޠުރު ޢީދުން ފެށިގެން ޢީދު ނަމާދު ކުރާ ވަގުތު ވަނީ ހެނދުނު 7:00 އަށް އަވަސް ކޮށްފައެވެ.
ޢީދު ނަމާދު ކުރާ ގަޑި ހެނދުނު 07:00އަށް ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ފިޠުރު ޢީދާއީ އަޟްހާ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަންނަނީ ކުރަމުންނެވެ.
ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މި މަހުގެ 31ވަނަ ދުވަހެވެ.



