އާއިލާތަކަށް ހާއްސަކޮށްގެން ޕެންޝަން އޮފީހުން ބާއްވާ ތްރީ ޖެނެރޭޝަން ވޯކް(ތްރީ ޖެންވޯކް) 12 އެޕްރީލް 2025 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ޕެންޝަން އޮފީހުން ބުނި ގޮތުގައި، މި ހިނގާލުން އޮންނަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ކުޑަކުދިންނާއި މައިންބައިފައިން އަދި މާމަކާފައިން ހިމެނޭހެން އާއިލާތަކުގެ ތިން ޖީލުގެ މީހުން އެކުގައި ބައިވެރިވެވޭ ގޮތަށް އިންތިޒާމުކުރާ މިއިވެންޓުގައި ހާއްސަ ހިނގާލުމަކާއި ސްޓޯލް ހަރަކާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ރޭވިފައި ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.
ޕެންޝަން އޮފީހުން ބުނީ، މިއީ ދޮށީއުމުރުގެ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ އިތުރުން ޕެންޝަން އޮފީހުގެ މަސައްކަތްތަކާ ގުޅޭ އެކި ދާއިރާތަކުން މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިޔަށްގެންދާ ހަރަކާތެއް ކަމަށެވެ.
މި ހިނގާލުމުގައި ބައިވެރިވުމަށް 3genwalk.pension.gov.mv މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ.




