އުޒްބެކިސްތާނުގެ އަންދިޖާން ހިސާބުގައި ހުރި މިސްކިތެއްގެ ފާޚާނާއެއްގައި އެއްޗެއް ގޮވައި، އެ ހާދިސާގައި 3 މީހުންގެ ފުރާނަ ގެއްލި، އިތުރު 10 މީހުންނަށް އަނިޔާވެއްޖެއެވެ.
މި ނުރައްކާތެރި ހާދިސާ ދިމާވެފައިވަނީ އީދު ދުވަހުގެ މެންދުރު 12:19 ހާއިރު ނަމާދަށް މީހުން އެއްވެ ތިބި ވަގުތެއްގައެވެ.
މި މައްސަލައާ ގުޅިގެން އުޒްބެކިސްތާނުގެ ކުއްލި ހާލަތުގެ މިނިސްޓްރީން ޓެލެގްރާމް މެދުވެރިކޮށް ނެރުނު ބަޔާނުގައި ވަނީ މި ހާދިސާގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، މި ހާދިސާ ހިނގި ގޮތުގެ ތަފްސީލާއި، މަރުވި އަދި އަނިޔާވި މީހުންނާ ބެހޭ އިތުރު މަޢުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
އުޒްބެކިސްތާނުގެ ސަރުކާރުންވެސް މި ހާދިސާއާ ގުޅޭގޮތުން އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
ނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގޭސް އެކްސްޕޯލަޝެެނެއްގެ ސަބަބުންނެވެ.




