”ޕުޝްޕާ“ ގެ ބަތަލު އައްލޫއާ އެކު ޕްރިޔަންކާ ޗޯޕްރާ ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.
މީ ތަމަޅަ ޑައިރެކްޓަރު އެޓްލީ ހަދަން ތައްޔާރީތައް ވަމުން އަންނަ ލޯބީގެ ފިލްމެކެވެ.
ފިލްމްގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ރިޕޯޓުތަށް ބުނި ނަމަވެެސް 2023 ގައި ޝާހްރުކް ޚާންގެ ”ޖަވާން“ ގެވެސް ޑައިރެކްޓަރުގެ މި ފިލްމު އަދި ރަސްމީކޮށް އިއުލާން ނުކުރާތީ މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ.
އެކަމަކު މިއީ ސަންް ޕިކްޗާސް އިން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ އެކްޝަން ފިލްމެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.
”ޕުޝްޕާ“ ގެ ބަތަލު އައްލޫއާ އެކު ފިލްމެއް ކުޅެން ޕްރިޔަންކާ އަށް ހުށަހެޅި އިރު، ޕްރިޔަންކާ މިހާރު އަންނަނީ ”ބާހްބަލީ“ އާއި ”އާރްއާރްއާރް“ ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ފިލްމުގެ ފިރިހެން ބަތަލަކީ ތެލެގޫ އެކްޓަރު މަހޭޝް ބާބޫ އެވެ.
ހޮލީވުޑްގެ ފިލްމުތަށް ވެސް ކުޅެމުންދާ ޕްރިޔަންކާ އެންމެ ފަހުން ކުޅުނު ބޮލީވުޑްގެ ފިލްމަކީ 2019 ގެ ”ދަ ސްކައި އިޒް ޕިންކް“ އެވެ.




