ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލުން ރިއަލް މެޑްރިޑް ލަދުގަންނަވާލައި ބަލިކޮށްފިއެވެ.
އާސެނަލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗުން ރިއަލް މެޑްރިޑް ބަލިކޮށްފައިވަނީ 0-3 ގެ ނަތީޖާއަކުންނެވެ.
ތިން ލަނޑު ވެސް ފަހު ހާފުގައި ފެނުނު މި މެޗުގެ ތަފާތު ދެއްކި ޑެކްލަން ރައިސް ވަނީ 12 މިނިޓުގެ ތެރޭގައި ރީތި ދެ ފްރީކިކް ލަނޑު ޖަހާފައެވެ. އަދި އާސެނަލް ގެ ތިންވަނަ ލަނޑު ޖަހައިދިނީ ދެވަނަ ހާފުގެ 75 ވަނަ މިނިޓުގައި މައިކަލް މެރީނޯ އެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޑެކްލަން ރައިސްއަށް ލިބުނު އިރު، ގިނަ ބަޔަކު ދަނީ ރައިސްގެ ރީތި 2 ފްރީކިކް ލަނޑުތަކަށް ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ.
ރެއާލް މެޑްރިޑަށް ލަނޑެއް ނުޖެހި، މެޗުގެ ފަހު މިނެޓުތަކުގައި އެޑުއާޑޯ ކަމަވިންގާ ވަނީ ދެ ރީދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ބޭރުކުރެވިފައެވެ.
ދެވަނަ ލެގު އޭޕްރީލް 30 ގައި މެޑްރިޑުގެ ދަނޑުގައި ކުޅޭއިރު، ސެމީ ފައިނަލަށް ދިއުމަށް މެޑްރިޑަށް 4 ލަނޑުގެ ތަފާތަކުން މޮޅުވާން ޖެހޭނެއެވެ.
ނުވަތަ 3 ލަނޑު ޖަހައި އެއްވަރުކޮށް ޕެނަލްޓީ ޝޫޓްއައުޓުން ކާމިޔާބު ހޯދަން ޖެހޭނެއެވެ.


