ފުވައްމުލައް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ހަބަރު ހުސްވެގެން ވެއްޓި ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނިޔާވެފައިވަނީ ރ. އަލިފުށި އަބަދައްހިޔާގެ ޢަބްދުﷲ ރިޝްދާން (27އ.) ކަމަށެވެ.
ކޮންސްޓްރަކްޝަން ސައިޓުގައި ހުއްޓާ ހަބަރު ހުސްވެގެން ވެއްޓުމުން، ރިޝްދާން ވަނީ ފުވައްމުލައް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ރިޝްދާންގެ މޫނުމައްޗަަށް އަނިޔާވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު 12:11 ހާއިރެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.




