ސްޕެނިޝް ލާ ލީގާގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާއިން މަޔޯކާ ބަލިކޮށް، ލީގު ތައްޓާ އިތުރަށް ކައިރިވެއްޖެއެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ބާސާއިން މަޔޯކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް 33 މެޗު ކުޅެ 76 ޕޮއިންޓް ހޯދާފައިވާ ބާސާ، އެންމެ ގާތުން ވާދަކުރާ ރެއާލް މެޑްރިޑަށްވުރެ 7 ޕޮއިންޓް ކުރިއަށް ދިޔުމާއެކު، ލީގު ތަށި ހޯދުމާ އިތުރަށް ވަނީ ކައިރިވެފައެވެ.
ރެއާލް މެޑްރިޑުން މިހާތަނަށް ކުޅެފައިވާ 32 މެޗުން ވަނީ 69 ޕޮއިންޓް ހޯދާފައެވެ.
ރޭގެ މެޗުގައި ބާސާއިން ޖުމުލަ 40 ޝޮޓް ހަދާފައިވާއިރު، މަޔޯކާއަށް އެންމެ ހަމަލާއެއްވެސް ބާސާ ގޯލަށް އަމާޒުކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި އެކަނި ބާސާއިން 24 ޝޮޓް ހަދާފައިވާއިރު، މަޔޯކާގެ ގޯލްކީޕަރު ލެއޯ ރޯމަން ވަނީ ފެރާން ޓޮރެސްއާއި ލެމީން ޔަމަލްގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވާފައެވެ.
ދެވަނަ ހާފުގައި ޑެނީ އޮލްމޯ ޖެހި ގޯލުން ބާސާއިން މެޗު ކާމިޔާބުކުރިއެވެ.
މި މޮޅާއެކު ބާސާ ލީގު ތަށި ހޯދުމާ އިތުރަށް ގާތްވެފައިވާއިރު، ޔޫރަޕާ ލީގަށް ދިއުމަށް މަސައްކަތްކުރަމުންދާ މަޔޯކާ މިވަގުތު އޮތީ 44 ޕޮއިންޓާއެކު ހަތްވަނައިގައެވެ.



