ދިވެހި ފުލުހުންގެ ޚިދުމަތުގެ މ.ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މި މައްސަލާގައި ހޯދަމުން ދަނީ ތަސްވީރުގެ / ސ.ހިތަދޫ, ޢާދިލް ޙަމީދު (47އ) އެވެ.
ފުލުހުން ބުނީ، އޭނާ ހޯދަމުން ދަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރު ކުރުމަށެވެ.
މ.ދިއްގަރު ޕޮލިސް ސްޓޭޝަނަށް 2025 މެއި 06 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އައުމަށް ފުލުހުން އޭނާއަށް އަންގާފައިވެއެވެ.




