ރިއަލް މެޑްރިޑްގެ ޑިފެންޑަރު އަންޓޯނިއޯ ރުޑިގާ 6 މެޗަށް އަދި އެ ޓީމުގެ ވަޒްކުއެޒް ދެ މެޗަށް ސަސްޕެންޑްކޮށްފިއެވެ.
ސްޕެނިޝް ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް)އިން ބުނެފައިވާ ގޮތުގައި ޖަރުމަނުގެ ޑިފެންޑަރު ރުޑިގާއަށް 6 މެޗުގެ ސަސްޕެންޝަނެއް ދީފައިވަނީ ބާސެލޯނާއާ ދެކޮޅަށް ކުޅުނު ކޮޕާ ޑެލްރޭގެ ފައިނަލް މެޗުގައި ރެފްރީންނަށް އަނިޔާއެއް ދިނުމުގެ ނިޔަތުގައި ހިންގި އަމަލެއްގެ ސަބަބުން ކަމަށެވެ.
ރުޑިގާ ވަނީ އެމެޗުގައި ރެފްރީންނާއި ދިމާލަށް ފުޅިތަކެއް އުކާފައެވެ.
މި މެޗުގައި ރުޑިގާ އަދި ވަޒްކުއެޒްއަށްވެސް ވަނީ ރަތް ކާޑު ދައްކައިފައެވެ. އެއީ މެޗު ނިމުމާ ކައިރިވެފައި އޮއްވައި އެމްބާޕޭއާ ދެކޮޅަށް ދިން ފައުލަކާ ގުޅިގެން ރުޅިވެރިކަމާއެކު ރިއެކްޓްކުރުމުންނެވެ.
ރިއަލްގެ މިޑްފީލްޑަރު ޖޫޑް ބެލިންގަމްއަށްވެސް ހަމަ އެ މެޗުގައި ރަތްކާޑު ދެއްކިއެވެ. އެހެންނަމަވެސް، އާރްއެފްއީއެފްއިން ވަނީ ދެއްކި ރަތް ކާޑު ބާތިލުކޮށްފައެވެ.
މި ރަތްކާޑު ބާތިލު ކުރީ ބެލިންގަމްއާ ދެކޮޅަށް ރެފްރީން ބުނި ބަސް ރިއަލްއިން ދޮގުކޮށް ވީޑިއޯ ހެކި ހުށަހެޅީމައެވެ.



