ހެންވޭރު ގެއެެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާލެ، ހެންވޭރުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ ފާޚާނާގައި ނިޔާވެފައި އޮއް ދިވެހި ފިރިހެނެއް ފެނިގެން ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
މައޫލޫމާތު ލިބޭގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހެންވޭރު ވައިލެޓް މަގުގައި ހުންނަ ދަމާސް ފަރނިޗަރ ފިހާރަ ހުންނަ ސަރަހައްދުން ވަރަށް ބޮޑަށް ކުނިވަސް ދުވާތާ 04 ވަރަކަށް ދުވަސްވެގެންނެވެ.
ފުލުހުންނަށް އެމީހާ ފެނުނު އިރު އޮތީ ކުނިވެފައިކަމަށް މައުލޫމާތު ލިބެއެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ ގ. ލަންކާ / މާލެ، އަބްދުﷲ މުފީދު (46އ) އެވެ.
ފުލުހުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.



