އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފަރުވާ ހޯދަމުންދިޔަ ކުދިންތަކެއްގެ ހަށިގަނޑުން ފެނުނު ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ)އަށް ފައްސިވި ފަސް ކުދިން އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވާލައިފިއެވެ.
މިކަމާއި ބެހޭގޮތުން މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ، މި ބެކްޓީރިއާއަށް ފައްސިވެފައިވަނީ ފަސް ކުދިން ކަމަށާއި، އަދި އެ ފަސް ކުދިންވެސް ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ކަމަށެވެ.
މި ނުރައްކާތެރި ބެކްޓީރިއާގެ ފުރަތަމަ ވޭދަނަ ފެނިފައިވަނީ މިދިޔަ މާޗު 27 ވަނަ ދުވަހު، 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި ފަރުވާ ދެމުން ގެންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުންނެވެ.
އެހެންނަމަވެސް، މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ފަހުން އިތުރު އެއްވެސް ވޭދަނައެއް ރިޕޯޓުކޮށްފައި ނުވާކަން އައިޖީއެމްއެޗުން ފާހަގަކުރިއެވެ.



