ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިފައިވުމާއި ގުޅިގެން، ކަރަންޓު ލިބުން ލަސްވާ ނަމަ ގްރޭޓަރ މާލެ ސަރަހައްދުގެ މޮބައިލް ފޯނުގެ ހިދުމަތް މެދު ކެނޑޭނެ ކަމަށް ދިރާގުން ބުނެފިއެވެ.
ދިރާގުން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ ދިރާގުގެ ސެލް ޓަވަރުތައް މިވަގުތު އޮޕަރޭޓް ކުރަމުންދަނީ ބެޓެރީ ބެކަޕް ބޭނުންކޮށްގެން ކަމަށާއި، ކަރަންޓުގެ ހިދުމަތް ނުލިބި ލަސްވާ ނަމަ މޮބައިލް ފޯނުތަކުގެ ހިދުމަތްތައް އެއްކޮށް މެދުކެނޑިގެން ދާނެ ކަމަށް ލަފާ ކުރާ ކަމަށެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެންނެވެ. އަދި މިހާރު އެކި ސަރަހައްދުތަކަަށް ބަހާލައިގެން އެ ކުންފުނިން އަންނަނީ ކަރަންޓު ދިނުމުގެ މަސައްކަަތް ކުރަމުންނެވެ. އެގޮތުން ހޮސްޕިޓާތައް ފަދަ ތަންތަން ހުރި ސަރަހައްދުތަކަށް ސްޓެލްކޯއިން އަންނަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ.
މި މައްސަލަ ބެލުމަށް ފުލުހުން ތަހުގީގެއް ފަށާފައިވާއިރު މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު އަންނަމުން ދާ ކަން ފާހަގަކުރެވެއެވެ.



