މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު އައިސްފިއެވެ. މިއީ މިހާތަނަށް މިލިއަން ފަތުރުވެރިން އެންމެ އަވަހަށް ހަމަވި އަހަރެވެ.
އެއް މިލިއަން ވަނަ ފަތުރުވެރިއަކަށް ރާއްޖެ ޒިޔާރަތް ކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް އެވެ.
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އިން ބުނިގޮތުގައި ކާޖަލް ރާއްޖެއައީ މަލަހިނި ކުޑަ ބަނޑޮސްގައި ހަނީމޫން ހޭދަ ކުރާށެވެ. އަދި މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
މީގެ ކުރީ އަހަރުތަކަށް ބަލައިއިރު، 2022 ވަނަ މިލިއަނެއް ހަމަވީ އޮގަސްޓު މަހުގައެވެ. އަދި 2023ގައި އެ އަދަދަށް ފަތުރުވެރިން އައީ ޖުލައި މަހު ކަމަށްވާއިރު މިދިޔަ އަހަރު މިލިއަން ހަމަވީ ޖޫން މަހެވެ.
އެއް މިލިއަން ފަތުރުވެރިން ހަމަވުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި ކާމިޔާބީއަކީ ރާއްޖޭގެ ހަގީގީ ތަޖުރިބާ އިސްތިހާރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި މި ނަތީޖާއާ މެދު ފަޚުވެރިވާ ކަމަށެވެ.



