މި ފެށޭ ހަފްތާއަކީ ރާއްޖެއަށް ވަރަށް ވިއްސާރަ ކުރާނެ ހަފްތާއެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ލަފާ ކޮށްފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ އަންނަ ހޯމަ ދުވަހުމް ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށެވެ.
މޫސުން ގޯސް ދުވަސް ތަކުގައި ވައި ގަދަވެ، ކަނޑު ގަދަވެ، ވަރަށް ވިއްސާރަ ކުރާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އެދުވަސްތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދު ވައި ގަދަވާނެ ކަމަށް މެޓުން ބުންޏެވެ.
މީގެއިތުރުން މެޓުން ބުނީ، ކަނޑުގެ ދިޔަވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަަށެވެ.



