މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށް އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާތިފް ޝަކޫރު އައްޔަނު ކުރައްވައިފިއެވެ.
އެނގިފައިވާގޮތުގައި އާތިފް އެ މަގާމަށް އައްޔަނުކުރައްވާފައި ވަނީ މި ޖޫން މަހުގެ 1 ވަނަ ދުވަހުއެވެ.
އާތިފް ވަނީ މިފްކޯ، އެމްޓީސީސީ އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމާއި ދިރާގުގެ ޗެއާމަންކަން ވެސް ކުރައްވާފައެވެ.
ރާއްޖޭގެ އިގްތިސާދު ދިރާސާކޮށް، އިގްތިސާދީ މައްސަލަތަކާ ގުޅޭ ގޮތުން ލިޔުންތައް ލިޔުއްވަމުން އަންނަ އާތިފް ހިމެނިވަޑައިގަންނަވަނީ ރާއްޖޭގައި މިވަގުތު ތިއްބެވި އިގްތިސާދީ އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައެވެ.



