ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު، އަޙްމަދު ރަޝީދު އިއްޔެ އަވަހާރަވުމާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގައްދޫ ދާއިރާ ތަމްސީލް ކުރެއްވި ރަޝީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަނިކޮށް، އިއްޔެ އައިޖީއެމް ހޮސްޕިޓަލުގައެވެ.
ރައީޝދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ ނައިބު، ހުސައިން މުހައްމަދު ލަތީފު ވެސް ވަނީ ވަނީ ތަޢުޒިޔާ ދަންނަވައިފައެވެ.
މީގެ އިތުރުން މަޖިލީހުގައި ރަޝީދާއެކު މަސައްކަތް ކުރެއްވި މެމްބަރުންވެސް ވަނީ ރަޝީދުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައިފައެވެ.




