ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ވަނަ ބުރުގައި މިރޭ ކުޅުނު މެޗުން ޕީއެސްޖީ އަތުން ބަލިވެ ވޯލްޑް ކަޕް ޗެމްޕިއަން ލިއޮނެލް މެސީ ކުޅެމުންދާ އެމެރިކާގެ އިންޓަ މަޔާމީ ކަޓައިފިއެވެ.
މަޔާމީ ކެޓީ 4-0 ގެ ނަތީޖާއަކުންނެވެ.
ޕީއެސްޖީގެ މި މޮޅާއި އެކު އެ ކުލަބުން މިވަނީ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ.
މިރޭ ކުޅުނު މެޗުގައި ޕީއެސްޖީން ދެއްކި މޮޅު ކުޅުމުގެ ނަތީޖާއަކަށްވީ ފުރަތަމަ ހާފުގައި އެޓީމުން 4 ގޯލު ކާމިޔާބުކުރުމެވެ. މީގެ ތެރެއިން 2 ގޯލު ކާމިޔާބުކޮށްދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ޖައޯ ނެވޭސްއެވެ.
އަދި އެއް ގޯލު އިންޓަ މަޔާމީގެ ކުޅުންތެރިއެއްގެ އަތުން ބައި ކޮޅަށް ވަދެފައިވާއިރު، ހަތަރުވަނަ ގޯލު ކާމިޔާބު ކުރީ ޕީއެސްޖީގެ ކެޕްޓަން އަޝްރަފް ހަކީމީއެވެ.
ދެވަނަ ހާފުގައި ޕީއެސްޖީއަށް އިތުރު ގޯލުތައް ކާމިޔާބުކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް، މެޗު ނިމުނީ 4 ގޯލާއި އެކީއެވެ.
ކުއާޓަރ ފައިނަލްގައި ޕީއެސްޖީ ބައްދަލުކުރާނީ ބަޔަން މިއުނިކް އާއި ބްރެޒިލްގެ ފްލަމެންގޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.




