އައްޑޫގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަނެއް ފަށައިފި އެވެ.
ރެންޑަމްކޮށް ކުރާ މި އިންސްޕެކްޝަން ކުރިއަށް ގެންދަނީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ޕަބްލިކް ހެލްތު ސާވިސް ޔުނިޓްގެ ފަރާތުންނެވެ.
އިއްޔެ ފެށި މި އިންސްޕެކްޝަނުގައި އައްޑޫގައި ހުރިހާ އަވަށެއްގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލައި އެތަންތަނުގެ ސާފު ތާހިރުކަމުގެ މިންގަނޑަށް ފެތޭތޯ ބަލާނެ އެވެ.
އައްޑޫގައި ކާބޯތަކެތީގެ ހިދުމަތްދޭ ގިނަ އަދަދެއްގެ ތަންތަން ހުރުމާއި އެކު އެ ތަންތަން ގަވައިދުގެ ހާލަތު ބަލަން ގަވައިދުން އިންސްޕެކްޝަންތައް ކުރިއަށް ނުގެންދިއުމަކީ އާންމުން އަބަދުވެސް ކަންބޮޑުވުން ފާޅުކުރާކަމެކެވެ.
މިފަދަ އިންސްޕެކްޝަނެއް އައްޑޫގައި ކުރިއަށް ގެންދާއިރު، ދާދި ފަހުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އައްޑޫގައި ވަނީ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.




