އިދިކޮޅު އެމްޑީޕީން ހދ. ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ޖަލްސާ އޮންނާނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭގައި ކަމަށް ޕާޓީގެ ހަރުގޭގައި އިއްޔެ ބޭއްވި ޖަލްސާއެއްގައި އެމްޑީޕާއިން ވަނީ އިއުލާނުކޮށްފައެވެ.
މި ޖަލްސާއަށް މާލެއިން ވަފުދެއް ދިޔުމަށް ހަމަޖެހިފައިވާއިރު، ޖަލްސާގައި ބައިވެރިވުމަށް ކުޅުދުއްފުށްޓަށް ދާން ބޭނުންވާ މެންބަރުން އެ މެންބަރެއްގެ ދާއިރާގެ ރައީސްއަށް ނަން ފޮނުވުމަށް އެމްޑީޕީން އިލްތިމާސްކޮށްފައިވެއެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ޖަލްސާތަކެއް ބޭއްވުމަށް ޕާޓީން ވަނީ ނިންމާފައެވެ.
އެ ޕާޓީއަށް 20 އަހަރު ފުރުން ފާހަގަކުރަން ތައްޔާރު ވަމުންދާ އިރު، ދާދިފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދަ ޑިމޮކްރެޓްސްގެ އިސް މެމްބަރުންތަކެއް ވަނީ އަލުން އެމްޑީޕީއާ ގުޅިފައެވެ.




