އިންޑިއާ ސަރުކާރުން ދިވެހި ސިފައިންނަށް 72 ވެހިކަލް ހަދިޔާކޮށްފިއެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވެހިކަލްތަކުގެ ރަމްޒީ ތަޅުދަނޑި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަވާލުކޮށްދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
މި ހަދިޔާގެ ތެރޭގައި 27 ސީޓުގެ އަށް ބަހާއި، 10 ޕިކަޕާއި، 10 މިނީވޭނާއި، 10 ވޭނާއި، ފަސް ލޮރީއާއި، އަށް ޓްރެކްޓަރު ހިމެނެއެވެ. މީގެ އިތުރުން ކުނި އުކާ ހަތަރު ޕިކަޕާއި، ދެކޮޅުން ކޮންނަ ހަތަރު ހައިމާކާއި، ދެ ހައިމާކާއި، ކުދި ހަ އެކްސްކެވޭޓަރާއި، ފަސް އެކްސްކެވޭޓަރު ހިމެނެއެވެ.
އިންޑިއާއިން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އެކި ބާވަތުގެ އުޅަނދުތައް ހަދިޔާކޮށްފައެވެ. މިއީ
މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވަނީ އިތުރު މުހިންމު އެއްބަސްވުންތަކެއްގައިވެސް ސޮއިކޮށްފައެވެ. އޭގެ ތެރޭގައި އިންޑިއާއިން ފޯރުކޮށްދޭ 526 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ އެއްބަސްވުން ހިމެނެއެވެ.
މިއަހަރަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް 60 އަހަރު ފުރޭ އަހަރެވެ.



