އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.
ނިޔާވީ، ތ. ވަންދޫއަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ އިސްމާއީލް އަހުމަދުއެވެ.
ތައިބާ ހައްޖު އުމްރާ ގްރޫޕުން މަޢުލޫމާތު ދިން ގޮތުގައި އިސްމާއީލް އަހުމަދު ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އޭނާއަކީ އެ ގްރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސް އުޅުނު ފަރާތެކެވެ.
އިސްމާއީލް އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގައެވެ. އެ ގްރޫޕުން ބުނީ އިސްމާއިލް އަހުމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދުވެސް ފަތިސް ނަމާދަށްފަހު މަސްޖިދުލް ހަރަމްގައި އޮންނާނެކަަމަށެވެ.
މަރުޙޫމް އިސްމާއީލް އަހުމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.



