ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެ އެވެ.
ނިޔާވީ ރ. ފައިނު، މަރިޔަމް ޝިޔާމާ އެވެ. ނިޔާވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.
ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވަނީ އެ ކުންފުނީގެ ނަމުގައި މަރްހޫމާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
މިއީ ފާއިތުވި ދެ ހަފްތާގެ ތެރޭގައި އުމްރާގެ އަޅުކަމުގައި ނިޔާވި ދެވަނަ ދިވެއްސެވެ. މީގެ ކުރިން މިދިޔަ ހަފްތާގައި ވެސް އުމްރާއަށް ގޮސް ހުރި ދިވެއްސަކު ވަނީ ނިޔާވެފައެވެ.



