ސްކޫލް ޗުއްޓީއާ ދިމާކޮށް، އައިކެއާއިން އައިނު ފްރޭމްތަކަށް ޑިސްކައުންޓު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން އައިނު ފްރޭމްތަކަށް 1،500 ރުފިޔާއާ ހަމައަށް ޑިސްކައުންޓު ލިބޭނެއެވެ.
އައިކެއާއިން މައުލޫމާތު ދިން ގޮތުގައި، 1،500 ރުފިޔާއަށް ވުރެ މަތީގެ އައިނު ފްރޭމްތަކަށް 500 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ. އަދި 3،000 ރުފިޔާއިން މަތީގެ އައިނު ފްރޭމްތަކަށް 1،000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭއިރު، 4،500 ރުފިޔާއިން މަތީގެ އައިނުތަކަށް 1،500 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެއެވެ.
”މިއީ ރީތި އައިނުތައް ހެޔޮ އަގުގައި ހެއްދުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް،” އައިކެއާ އިން ބުންޏެވެ.
މީގެ އިތުރުން، އައިކެއާއިން ދަނީ އިންސްޓަގްރާމާއި ފޭސްބުކުގައި 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ގިވްއަވޭ ޕްރޮމޯޝަނެއް ވެސް ކުރިއަށްގެންދަމުންނެވެ. މި ޑިސްކައުންޓު އޮޕްޓިކަލް އައިނުތަކާއި ވަކި އަވިއައިނުތައް ހެއްދުމަށް ބޭނުންކުރެވޭނެއެވެ.
މިނިވަން ދުވަހުން ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް، އިންސްޓަގްރާމާއި ފޭސްބުކްއިން އައިކެއާއަށް ފޮލޯކޮށް، ޕޯސްޓުގައި ކީވޯޑް ކޮމެންޓު ކުރަން ޖެހެއެވެ. އޭގެފަހުން ޑީއެމް މެދުވެރިކޮށް ޑިސްކައުންޓު ވައުޗާ ލިބޭނެއެވެ. އަދި ޗެކްއައުޓުވާއިރު ކޯޑު ދައްކައިގެން މި ޕްރޮމޯޝަންގެ ޑިސްކައުންޓު ބޭނުންކުރެވޭނެއެވެ.
އައިކެއާއިން އިތުރަށް ފާހަގަކުރި ގޮތުގައި، ފްރޭމް ޑިސްކައުންޓު ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ލިބޭ ޑިސްކައުންޓު ވައުޗާ އަވިއައިނެއް ގަތުމަށް ބޭނުންކުރެވޭނެއެވެ.



