ހުޅުމާލެ ފޭސް އެކެއް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.
ތަހުގީގަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުން ދަނީ، އަޙްމަދު ތަސްލީމް، ދިގުވާނޑު.މާޒީ / ޏ. ފުވައްމުލައް (31އ) އެވެ.
ފުލުހުން ބުނީ މި މީހާ ހޯދަނީ ތަހުގީގަށް ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ.
އަދި ފުލުހުން ބުނީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް އަންގައި އިއުލާނު ކުރާކަމަށެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ހާޒިރު ކުރަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
އަދި ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންއަށް 2025 އޮގަސްޓް 14ވަނަ ދުވަހުގެ 10:30 އަށް ހާޒިރުވުމަށް ފުލުހުން އޭނާއަށް އަންގާފައިވެއެެވެ.




