ކ. ޒަމާނީ އައިލެންޑް ކައިރިން ގުރައިދޫ އަށް ދަތުރުކުރި ޑިންގީއެއް ބަނޑުން ޖަހާލާއިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި ހާދިސާ ރިޕޯޓު ކުރީ މިރޭގެ ވަގުތެއްގައި ކަމަށެވެ.
އަދި އޭގެ ތެރެއިން 3 މީހަކު ފަތާފައި ގޮސް ޒަމާނީ އައިލެންޑް އަށް އަރާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑިންގީގައި ޖުމްލަ 17 މީހުން ތިބިކަމަށެވެ. އަދި އެ އެންމެންވެސް މިހާރު ވަނީ ސަލާމަތްކުރެވިފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ޑިންގީގައި ތިބީ ހުސް ބިދޭސީން ކަމަށެވެ.
މެރިން ޕޮލިސް، ކާފު އަތޮޅު ޕޮލިސް އަދި ކާފު އަތޮޅު ރިސޯޓްތަކުގެ ލޯންޗްތައް ވެސް އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.


