ފްރެންޗް ފުޓްބޯލްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ ބެލޮން ޑިއޯ އެވޯޑަށް މިއަހަރު ވާދަކުރާ 30 ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓު މިއަދު އިއުލާންކޮށްފިއެވެ.
މިފަހަރުގެ ލިސްޓުގައި މި އެވޯޑު އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމެނޭކަން ފާހަގަކުރެވެއެވެ.
މިފަހަރުގެ ލިސްޓުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިން:
- ބާސެލޯނާގެ ޔަމީން ޔަމާލް، ޕެޑްރީ، ލެވަންޑޯސްކީ އަދި ރަފީނިއާ
- ޕީއެސްޖީގެ އޮސްމާން ޑެމްބެލޭ
- ރެއާލް މެޑްރިޑްގެ ކީލިއަން އެމްބާޕޭ
- ލިވަޕޫލްގެ މުހައްމަދު ސަލާހު
- ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންހަމް
- ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއާ
- މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް
- އާސެނަލްގެ ޑެކްލަން ރައިސް
- ޕީއެސްޖީގެ އަޝްރަފް ހަކީމީ
މި އަހަރުގެ ބެލޮން ޑިއޯ އެވޯޑު ކާމިޔާބުކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް ކުޅުންތެރިންގެ ގޮތުގައި ފްރާންސްގެ ފޯވާޑް އޮސްމާން ޑެމްބެލޭ، ބާސެލޯނާގެ ޔަމާލް އަދި ރަފީނިއާ ފާހަގަކުރެވެއެވެ.
މި އެވޯޑަށް ހޮވިފައިވާ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު 10 ކުޅުންތެރިން ހޮވުމަށް ފީފާ ރޭންކިންގގައި އެންމެ ކުރީގައި އުޅޭ 100 ގައުމުން ކޮންމެ ގައުމަކުން އެއް ފުޓްބޯޅަ ނޫސްވެރިޔަކު ވޯޓުލާނެއެވެ.


