މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް މާދާމާ މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުރިއަށް ދާނެ ކަމަށެވެ.
ސްޓެލްކޯއިން ބުނިގޮތުގައި، އެ ސަރަހައްދު ތަކަކީ، މާލެ ސިޓީ، ފާށަނާކިލެގެ މަގު، އަލިކިލެގެފާނު މަގު، ބަނަފްސާ ގޯޅި، ބޮޑުފުޅަށް ގޯޅި، ބޮޑުރަސްގެފާނު މަގު، ހަލަވެލި ގޯޅި، ހަނދުވަރުދޭ ހިނގުން، ހެލެނބެލި ގޯޅި، ހުސްނުހީނާ މަގު، މަޖީދީ މަގު، ނިޔަނދުރު ގޯޅި، ރަށްދެބައި މަގު، ރަތްވިލާ މަގު، ސަބުދެރިޔާ މަގު އަދި ސަހަރާ މަގު ހިމެނޭ ސަރަހައްދެވެ.
އަދި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުތަކުން 09 އޯގަސްޓް 2025 ވާ ހޮނިހިރު ދުވަހުގެ (މާދަމާ) ހެނދުނު 10:00 އާއި 10:30 ދެމެދު ކަރަންޓު ކެނޑުން އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.



