ބ. ކަމަދޫ ސްކޫލްގެ އައު ޢިމާރާތް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްފިއެވެ.
އެފްޑީސީއާ ހަވާލުކޮށްފައި ވަނީ ކަމަދޫ ސްކޫލްގައި އައު 2 ކްލާސް ރޫމް ތަރައްޤީ ކުރުމަށެވެ.
އެ ކޯޕަރޭޝަނާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 5.4 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
މިއެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އިސްމާޢިލް ޝަފީޢުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކަމަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ
ކަމަދޫގެ އައު ސުކޫލަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ސްކޫލު އިމާރާތެއްގެ ގޮތުގައި ހަދައިދޭނެ ކަމަށެވެ.



