ބ. ކުޑަރިކިލު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާހިމްއެވެ.
ކުޑަރިކިލު ޞިއްޚީ މަރުކަޒުގައި އައު އިމާރާތެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި މަސައްކަތް ފެނަކައާ ހަވާލުކޮށްފައި ވަނި އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ.
މި މަސައްކަތުގެ އަގަކީ 7 މިލިއަން ރުފިޔާއެވެ.
ސަރުކާރުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދެމުންދާ ސިއްޙީ ޙިދުމަތްތައް ތަރައްޤީކޮށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



