ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި މަހުގެ 15 އަށް މި ދައުރު ނިމޭނެއެވެ.
މަޖިލީހުގެ މި ދައުރު ދަންމާލަން ފާސްކޮށްފައި ވަނީ މިއަދުގެ ޖަލްސާގައެވެ.
އެގޮތަށް ނިންމާފައިވަނީ ނުނިމި ހުރި މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމުން ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.
އެގޮތުން މަޖިލީހުގެ ދައުރު ދަންމާލަން ފެންނަ ކަމަށް ފާސްކުރީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ ވޯޓުންނެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި ވޯޓު ދެއްވި 59 މެންބަރުންގެ ވޯޓާއެކު މި މަހުގެ 21ގެ ނިޔަލަށް މަޖިލީހުގެ ދައުރު ދަންމާލަން ވަނީ ފާސްކޮށްފައެވެ



