ދިިގު މުއްދަތުގެ ސްޓެރެޓީޖިކް ޕާޓްނަޝިިޕެއް ޤާއިމުކުރުމުގެ މަޤްސަދުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެމް.ޕީ.އެލް ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ.
މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެެގްޒެކެޓިވް އޮފިސަރ، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރެވެ.
އެމްޕީއެލުން ބުނީ މި ފަހުމުނާމާގެ މައިގަނޑު މަޤްސަދަކީ ދެ ކުންފުނިން ގުޅިގެން ކުރެވިދާނެ ފައިދާހުރި ވިޔަފާރީގެ ދާއިރާތައް ދެނެގަނެ، ވިޔަފާރި ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.
މީގެ އިތުރުން، މި ފަހުމުނާގެ ދަށުން ދެ ކުންފުންޏަށް ފައިދާހުރި ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވެފައެވެ.
ހަމައެހެންމެ ދެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުުރުމަށްވެސް ވަނީ އެއްބަސްވެފައެވެ.
އަދި މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމުގައި ދެ ކުންފުނިން އެއްބާރުލުން ދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.



