ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެއެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 7:20 ހާއިރު ކައްދޫ އެއާޕޯޓް ސަރަހައްދުން ކައްދޫ ޖެޓީއަށް ދާން އޮންނަ މަގު ހުރަސް ކުރަން އޮންނަ ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރި ދެ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދު
އެ ހާދިސާގައި އަނިޔާވެގެން ގަން ރީޖަނަަލް ހޮސްޕިޓަލުގައި ފަރުވާދެމުން އައީ މަގު ހުރަސް ކުރަން އުޅުނު ދެ މީހުންގެ އިތުރުން ސައިކަލު ދުއްވަން އިން ފިރިހެނަކާއި ސައިކަލު ފަހަތުގައި އިން އަންހެެނަކަށެވެ.
ލ. ގަމު ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ދެންމެ ބުނީ ކައްދޫގައި މިރޭ ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާއަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައި ވަނީ ލ. މާވަށު، މަރިޔަމް މޫސާ 64 އެވެ.




