ފުލުހެއްގެ ލޯމަތީގައި ޖެހި މީހަކު އެއް އަހަރު ދުވަހަށް ޖަލަށްލާން ދަނގެތީ ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލައިގައި ދައުލަތުން ދަނގެތީ މީހެއްގެ މައްޗަށް ކޮށްފައި ވަނީ އަނިޔާއެއް ދިނުމުގެ ދައުވާއެވެ.
އެ މައްސަލައިގެ ކޯޓު އަމުރުގައި ބުނީ މި އަހަރުގެ ޖަނަވަރީ ހަތަރުވަނަ ދުވަހު ހަވީރު މާލެއިން ދަނގެއްޗަށް ފުރި ފެރީ ލޯންޗުން ގެނައި ހުދު ކުލައިގެ ފޮތިކޮތަޅު ހިފައިން، މީހަކު ބައިސްކަލެއްގައި ބަނދަރުމަތިން ދަނިކޮށް މަޑުކުރުމަށް ފުލުހުން އެންގުމުން އަމުރަށް ކިޔަމަންނުވެ، އޭނާ ދިޔައީ ކަމަށެވެ.
އަދި އޭނާ ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން، ފުލުހެއްގެ ކަނާއަތު ލޯ މަތީގައި އެ މީހާ ޖެހީ ކަމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވެއެވެ.
އެގޮތުން މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބޭ މީހާ ވަނީ ކުށަށް އިއުތިރާފުވެފައެވެ.
އެހެންކަމުން އޭނާގެ އަދަބު ލުއިކޮށް އެ މައްސަލައިގައި އެ މީހާގެ މައްޗަށް ވަނީ އެއް އަހަރާއި ދެ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.



