ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރަކަށް މުޙައްމަދު ޝަފީގު މަޙުމޫދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެޗްއާރްސީއެމްގެ މެންބަރުންގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އާންމުކޮށް އިޢުލާންކުރުމުން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރެއްވުމަށް އެ މަނިކުފާނަށް ފެންނަ ދެ ބޭފުޅުއްގެ ނަމެވެ.
އެއީ ހ. ސޯސަން، މުހައްމަދު ފާރިސް ތޯހާ، އާއި މ. ޕޮޕީ، މުހައްމަދު ޝަފީގް މަހްމޫދުގެ ނަމެވެ.
އެގޮތުން އެ މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ވަނީ ދެ ބޭފުޅުންނާ އިންޓަވިއު ކުރައްވައި މާކްސް ދީފައެވެ. އަދި އެ ދެ ބޭފުޅުންގެ ތެރެއިން %75 އަށްވުރެ މަތިން މާކްސް ލިބުނީ މުޙައްމަދު ޝަފީގު މަހުމޫދަށެވެ.
އެޗްއާރުސީއެމަށް ޝަފީގު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން މެންބަރުންގެ އިއްތިފާގުން ޝަފީގު ވަނީ އެ މަގާމަށް އައްޔަންކުރަން ވަނީ ފާސްވެފައެވެ.
އެޗްއާރުސީއެމަށް ދެ މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސް މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަންގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް ހަމަވާތީއެވެ.
މިގޮތުން މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ.



